ވީއައިއޭގެ ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑުކުރަނީ
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޖައްސާ މޫދުގެ ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތް އެމްއޭސީއެލްއިން ފަށައިފިއެވެ.
އެކުންފުނިން މައުލޫމާތު ދޭގޮތުގައި އެޗްޑީސީއާއި ހަވާލުކޮށްގެން އެ މަސައްކަތް ކުރަނީ ތިންމަސްދުވަހުން ނިންމާގޮތަށެވެ.
މިގޮތުން އެ މަސައްކަތުގެ ދަށުން މީގެ ކުރިން ހުޅުމާލެ އާއި ހުޅުލެއާ ދެމެދު ދަތުރުކުރަން ބޭނުންކުރި މަގު، މޫދުގެ ބަޔަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއޭސީއެލްއިން ބުނިގޮތުގައި މި މަސައްކަތް ނިމުމާއި އެކު ހުޅުމާލޭ މަތިން ސީޕްލޭންތައް ދަތުރުކުރުން ހުއްޓޭނެއެވެ.
އަދި ސީޕްލޭން ޖެއްސުމަށާއި ފުރަން ބޭނުންކުރާ ސަރަހައްދު ތަނަވަސްވެ، ސަލާމަތީ ގޮތުން އިތުރު ފުރިހަމަކަމެއް ލިބޭނެކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް