ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރާނަމަ ފިޔަވަޅުއަޅާނަން: ސީޕީ ހަމީދު
ފުލުހުން ހާލަތާާއި ނުބައްދަލު ބާރުގެ ބޭނުންކުރާނަމަ އަޅަންޖެހޭ ފިޔަވަޅެއް އަޅާނެކަމަށް އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހަމީދު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
ހަމީދު ވިދާޅުވީ ފުލުހަކު ބާރުގެ ބޭނުންކުރާނަމަ އެކަން ބެލުމަށް އަޅަންޖެހޭ އެތެރޭގެ ފިޔަވަޅުތައް އަޅަމުންދާނެކަމަށެވެ. ހާލަތާއި ނުބައްދަލު ބާރު ބޭނުންކުރުމަކީ އަބަދުވެސް އާންމުން ދައްކާ ވާހަކައެއްކަން ފާހަގަކުރައްވައި ސީޕީ ހަމީދު ވިދާޅުވީ މިކަމާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެކަމަށެވެ.
އެބޭފުޅާ މިހެން ވިދާޅުވިއިރު، މިއަދު ރައީސް ޔާމީން އައިޖީއެމްއެޗްގައި ހުންނެވި ވަގުތުގައި އެމަނިކުފާނުގެ ސަޕޯޓަރުން އެތަނުގައި އަޑުގަދަ ކުރުމުގެ ސަބަބުން ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެވެ.
އެތަނަށް ޕެޕަރ ސްޕްރޭ ޖެހިވަގުތު ކަމާއި ގުޅުމެއް ނެތް އާންމުންނަށްވެސް އަސަރުކުރުމުން ގިނަ ފަރާތްތަކުން ވަނީ މައްސަލަ ޖައްސާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް