ބަނގުރާ ކައްކަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާލޭގެ ގެއެއްގެ ތެރޭގައި ބަނގުރާ ކެއްކުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި މިއަދު ހެނދުނު 09:37ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިދިޔަ ކަމުގެ މައުލޫމާތު ފަޔަރ އެންޑް ރެސްކިޔުއަށް ލިބުނުކަމަށާއި އެއާއި އެކު އުނދުނުގައި ރޯވެފައި ހުރި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
ފުލުހުން ބުނީ މއ.ފަސްތަރިގޭގައި އަލިފާން ރޯވެފައިވަނީ ފާހަނައިގައި ބަނގުރާ ކައްކަމުން ދަނިކޮށް ކަމަށެވެ.
މި ހާދިސާ ހިނގުމާއި އެކު، އެތަނުގައި ތިބި ތިން ބިދޭސީން ވަނީ ފިލަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެމީހުން ބެލުމުގެ ދަށަށް ގެނެސްފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް