ކޮށްދިއްޕަރު ރިސޯޓް ކައިރިން މީހެއްގެ ހަށިގަނޑު ފެނިއްޖެ
މާލެ އަތޮޅު ކޮށްދިއްޕަރު ރިސޯޓް ކައިރި ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑެއް ފެނިއްޖެ އެވެ.
އެކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު އެ ފަރާތްތަކަށް ލިބިފައިވަނީ މިއަދު އިރުއޮއްސި ހަގަޑި ތިރީސް ފަހެއްގައި ކަމަށެވެ. އަދި އެ ހަށިގަނޑަކީ ފިރިހެނެއްގެ ހަށިގަނޑު ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ިބުނެފައިވެއެ. އަދި އެކަންތައް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ދީފައި ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް