ތިން ސަފީރަކަށް މަޖިލީހުން ރުހުންދީފި
ދިވެހި ސަރުކާރުގެ ފަރާތުން ރާއްޖެއިން ބޭރުގެ ތިން ގައުމަކަށް ކަނޑައަޅާ ސަފީރުންނަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މި ފަރާތްތަކަށް ރުހުން ދީފައިވަނީ މިއަދު އޮތް މަޖިލީހުގެ ޖަލްސާގައެވެ.
އެ ތިން ބޭފުޅުންނަށް ވެސް ރުހުން ލިބިވަޑައިގެންނެވީ މިއަދު ވޯޓުލެއްވި 36 މެމްބަރުންގެ އިއްތިފާގުންނެވެ.
މިއަދު މަޖިލީހުން ރުހުން ދިން ތިން ސަފީރުންނަކީ ސައުދީ އަރަބިއްޔާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ޚަލީލް، ތައިލެންޑްގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ޖިނާހު، އަދި ޗައިނާގައި ހުންނަވާ ދިވެހި ސަފީރަކަށް އައިޝަތު އަޒީމާ އެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރުހުން ދިން ތިން ބޭފުޅުންގެ ތެރެއިން ޚަލީލް އާއި ޖިނާހުއަށް ރުހުން ނުދޭން މީގެ ކުރިން މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީން ފާސްކުރިއެވެ. ނަމަވެސް އެ ދެ ސަފީރުންނަށް ރުހުން ދިނުމަށް ފަހުން ކޮމިޓީން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް