މިސަރުކާރަކަށް ސިޔާސީ ހައްޔަރީން ޖަލަށް ނުލަމެކޭ ދެން ނުބުނެވޭނެ: އިދިކޮޅު
މިސަރުކާރުން ސިޔާސީ ހައްޔަރީން ޖަލަށް ނުލާ ކަމަށް ދެން ނުބުނެވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ޕީޕީއެމްގެ ދެ އެކްޓިވިސްޓުން ކަމަށްވައި އަހުމަދު އާލީ އާއި މުހައްމަދު ރަޝީދު ހައްޔަރުކުރުމާއި ގުޅިގެންނެވެ. އެ ދެމީހުން ހައްޔަރުކުރިތާ މިއަދަށް ފަސް ދުވަސް ވީއިރުވެސް އެމީހުން ތިބީ ބަންދުގައެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވައިލައި، އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެ ސަރުކާރުގައި ސިޔާސީ ހައްޔަރީން ނުތިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެ، ރައްޔިތުންނަށް ވައުދުވެވަޑައިގެންެނެވި ކަމަށެވެ.
''ދެނެއް މިސަރުކާރަކަށް ނުބުނެވޭނެ މިސަރުކާރުގައި ސިޔާސީ ހައްޔަރީން ނުތިބޭނެ އެކޭ. މިހާރު ހައްޔަރުގައި ތިބި އާލި އާއި ރަޝީދަކީ ސިޔާސީ ކުށްވެރިން. އެމީހުން މިހާރުން މިހާރަށް ދޫކޮށްލަންޖެހޭ.'' މުންދު ވިދާޅުވިއެވެ.
މީގެއިތުރުން އޭނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު ވަހީދާއި ރައީސް ޔާމީންގެ ވެރިކަމަށްވުރެ ގިނައިން މިސަރުކާރުންނަގައި ބޭރުގެ ލޯނުތައް ގިނަ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ލޯނު ނެގިއިރު އޭރުގެ ސަރުކާރުން ރާއްޖެއަސް ގެނައި ތަރައްގީގެ ވާހަކަތައް ބޭރުގެ މީޑިއާތަކާއި ބޭރުގެ އިސްވެރިން ވެސް ދާދިފަހުން ފާހަގަކުރި ކަމަށް މުންދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ކަން ކުރެއްވުމަށް ކުފޫ ހަމަވާ ހުންނެވި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް