މެޖޯރިޓީ ލިބުނަސް ބޮޑާވެގެން ނުވާނެ: މަވޯޓާ ޝަރީފް
އެމްޑީީޕީއަށް މަޖިލިސް އިންތިޚާބުގައި މެޖޯރިޓީ ލިބުނަސް ބޮޑާވެ ކިބުރުވެރިވާން ނުޖެހޭނެކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.
މަވޯޓާ ޝަރީފް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓްތަކެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ލިބުމާއި އެކު މަޖިލިސް މެންބަރުންގެ ބޮލުގައި ބޮޑު ޒިންމާއެއް އެޅުވިފައިވާ ކަމަށާއި މި ދަނޑިވަޅުގައި ބޮޑާކަމާއި ކިބުރުވެރިކަން ބޮލަށް ސަވާރުވުމުގެ ފުރުސަތުދީ، ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް ލިބުނު ފުރުސަތު ނަގާލައިގެން ނުވާނެކަމަށެވެ.
މަވޯޓާ އިިތުރަށް ވަނީ މިދިޔަ ރިޔާސީ އިންތިޚާބުގައި ވީ ވައުދުތައް ފުއްދުމަށް އެމްޑީޕީއާއި އެޕާޓީގެ މެންބަރުން ގަދައަޅައި މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އެބޭފުޅާ ވިދާޅުވީ ސުޕަރ މެޖޯރިޓީ ލިބުނަސް އިދިކޮޅު ފަރާތްތަކުގެ ވާހަކައަށް އަހަންވާނެކަމަށާއި ޕާޓީގެ މައިގަނޑު އަސާސްތައް ހަލާކުވެގެންދިޔުމުގެ ފުރުސަތު ދީގެން ނުވާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް