އުތުރުގެ އަތޮޅުތަަކަށް ހުދު ސަމާލު ނެރެފި
އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިމިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށެވެ. މެޓް އޮފީހުން އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިމިވަނީ މިއަދު ހަވީރު 16:00 ކުން ފެށިގެން މިރޭގެ 21:00 އާއި ހަމައަށެވެ.
އެ ވަގުތު ތަކުގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތަށް ވެސް ގަދަވާނޭކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ވައިގަދަވެ ވިއްސާރަކުރާނޭކަމަށް ލަފާކުރެވުނު ނަމަވެސް ރާއްޖޭގެ އެއްވެސް ހިސާބަކަށް އުދަނާރާނެކަމަށް ލަފާނުކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގުމޫސުމުގެ ބާރު ގަދަވާނޭކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް