މޯލްޑިވްސް ބިޒްނަސް އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި
ރާއްޖޭގެ މަގުބޫލު ބިޒްނަސް އަދި ޕަބްލިކް ރިލޭޝަންސް ފާާމެއްކަމުގައިވާ ބްލޭޒަންގެ ފަރާތުން އިންތިޒާމްކުރާ މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019އަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.
ބްލޭޒަންއިން މައުލޫމާތުދޭ ގޮތުގައި އެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ އެ އެވޯޑްގެ އޮންލައިން ޕޯޓަލްއަށް ކުރިމަތިވި މައްސަލަތަކަކާއި ގުޅިގެން، ބައެއް ފަރާތްތަކަށް އެޕްލިކޭޝަން ލުމުގައި ކުރިމަތިވި ދަތިތަކަކާއި ގުޅިގެންނެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.
މި އެވޯޑަށް ކުރިމަތިލުމަށް އެދޭފަރާތްތަކުން www.businessawards.mv އަށް ދިޔުމަށްފަހު އޮންލައިންކޮށް އެވޯޑަށް ކުރިމަތިލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް