ރައީސް ޔާމީން ވައްކަން ކުރަމުންވެސް ގައުމު ތަރައްގީކުރި: ޝިޔާމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްްޔޫމް ވައްކަންކުރައްވަމުންވެސް ގައުމު ތަރައްގީކުރެއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ވާހަކަ ދައްކާއިރު، އިދިކޮޅުގެ މެންބަރުން ބޮޑު ވަގެއްގެ ވާހަކަ ދައްކާ ކަމަށެވެ.
"ނަމަވެސް ދިވެހި ރައްޔިތުންނަށް އެބަ އިނގޭ ވައްކަން ކޮށްފައި އޮވެޖެއްޔާ، ވައްކަން ކުރަމުން ރައްޔިތުންނަށް ކަންތައްތައް ކޮށްދެއްވި ރައީސެއްކަން ރައީސް ޔާމީނަކީ. އެކަމަކު މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ހަމައެކަނި ވައްކަން ކުރާތަން. އެއީ މައްސަލަ އަކީ"، ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވަނީ ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް، ރައީސް ޔާމީން ކުރެއްވި ކަންކަމަކީ ނުކުރައްވާ ކަންކަމަށް ނެހެދޭނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް