ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026 ގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން؛ ފޮޓޯ / ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026
ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026 ގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން؛ ފޮޓޯ / ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026
ކުޅިވަރު 06 May 2026 | 05:28

ރޭ ކުޅުނު މެޗުތަކުން އެމްއައިޓީއާއި އެމްއެންޔޫ ބިޒްނަސް ސްކޫލުން ކާމިޔާބުކޮށްފި

ލިޔުންތެރިޔާ

އަޙްމަދު އާހިލް ސަޢީދު

ދިރާގު އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2026 ގައި ރޭ ކުޅުނު މެޗުތަކުން އެމްއައިޓީއާއި އެމްއެންޔޫ ބިޒްނަސް ސްކޫލު މޮޅުވެއްޖެއެވެ.

ރޭ ކުޅުނު މެޗުތަކުން އެމްއިޓީން އައިއެމްޔޫ އާއި ދެކޮޅަށް ކުޅުނު މެޗު އެމްއައިޓީން ވަނީ 2-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އަދި އެމްއެންޔޫގެ ބިޒްނަސް ސްކޫލުން ފެކަލްޓީ އޮފް އާރޓްސް އާއި ދެކޮޅަށް ކުޅުނު މެޗުން އެމްއެންޔޫގެ ބިޒްނަސް ސްކޫލުން ވަނީ 2-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

އެމްއައިޓީ އާއި އައިއެމްޔޫ ބައްދަލުކުރި މެޗުން އެމްއައިޓީން ޖެހި ހުރިހާ ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ނާސިފް އެވެ. އަދި ހަމްދާން އާއި އަރީޝް ވަނީ އައިއެމްޔޫ އަށް 2 ލަނޑު ކާމިޔާބުކޮށްދީފައެވެ. އެގޮތުން ހަމްދާން ވަނީ މެޗުގެ 5 ވަނަ މިނެޓުގައި އައިއެމްޔޫއަށް ކުރި ހޯދައިދީފައެވެ. ނަމަވެސް އޭގެ 2 މިނެޓު ފަހުން ނާސިފް ވަނީ ނަތީޖާ އެއްވަރު ކޮށްފައެވެ. އަދި މެޗުގެ 20 ވަނަ މިނެޓުގައި އަރީޝް އާއި ނާސިފް ޖެހި ލަނޑުން ނަތީޖާ ހުރީ 2-2 ގައެވެ. ނަމަވެސް މެޗުގެ 25 ވަނަ މިނެޓުގައި ނާސިފް ޖެހި ލަނޑުން އެމްއައިޓީ ވަނީ އެ މެޗުން މޮޅުވެފައެވެ.

އެމްއެންޔޫގެ ބިޒްނަސް ސްކޫލުން ފެކަލްޓީ އޮފް އާރޓްސް އާއި ދެކޮޅަށް ކުޅުނު މެޗުގައި ބިޒްނަސް ސްކޫލަށް ލަނޑުތައް ކާމިޔާބުކޮށްދިނީ، މާއިސް، ފައިޒާން، އަދި އަހްމަދުﷲ އެވެ. ފެކަލްޓީ އޮފް އާރޓްސް އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ހަމައެކަނި ޒީކް އެވެ. މެޗުގެ 2 ވަނަ މިނެޓުގައި މާއިސް އާއި ފައިޒާން 2 ލަނޑު ޖެހިއިރު، ފައިޒާން، އަހްމަދުﷲ، އަދި މާއިސް ވަނީ މެޗުގެ 12،14 އަދި 15 ވަނަ މިނެޓުގައި ލަނޑުތައް ޖަހާ ނަތީޖާ 0-5 އަށް އަރުވާފައެވެ. މެޗު އެއްވަރު ކުރަން ފެކަލްޓީ އޮފް އާރޓްސް އިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ޒީކް އިން މެޗުގެ 20 އަދި 31 ވަނަ މިނެޓުގައި ޖެހި 2 ލަނޑާއެކު ފެކަލްޓީ އޮފް އާރޓްސް އިން ވަނީ 2-5 ގެ ނަތީޖާއަކުން ބަލިވެފައެވެ.

ބިޒްނަސް ސްކޫލާއި ފެކަލްޓީ އޮފް އާރޓްސް އިން ބައްދަލު ކުރި މެޗުން މާއިސް އަށް ޕްލެޔަރ އޮފް ދަ މެޗު ލިބިފައިވާއިރު، އެމްއައިޓީ އާއި އައިއެމްޔޫ އިން ބައްދަލުކުރި މެޗުން ނާސިފް ވަނީ ޕްލެޔަރ އޮފް ދަ މެޗު ހޯދާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި
12 Oct 2026 ކުޅިވަރު

ޓީސީއަތުން މޮޅުވެ، އީގަލްސް ޕޮއިންޓް ޓޭބަލްގެ އެއްވަނާގައި ހަމަޖެހިލައިފި

މިހާރު ކުރިއަށްދާ ދިރާގް ދިވެހި ޕްރިމިއާލީގްގައި ރޭ ޓީސީ ސްޕޯޓްސް އާއި އީގަލްސް ސްޕޯޓްސް ކްލަބް ބައްދަލުކުރިމެޗް އީގަލްސް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލައިފިއެވެ. ގަލޮޅު ދަނޑ...

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
08 Oct 2026 ކުޅިވަރު

އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ

އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް  މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ. އެންމެ މޮޅު ފިރިހެން ފުޓ...

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
08 Oct 2026 ކުޅިވަރު

އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް

މިރޭ ބޭއްވި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ފުޓްބޯޅައަށް ހިދުމަތްކޮށްދެއްވި ތިން ޝަހުއްސިއްޔަތުން ކަމަށްވާ ކޯޗު މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ)، މަރްހ...

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
08 Oct 2026 ކުޅިވަރު

ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް

މިހާރު ކުރިއަށްދާ އައިސީސީ ޓީ20 ކްރިކެޓް ވޯލްޑް ކަޕް 2028 ގެ ސަބް ރީޖަނަލް ކޮލިފައިންގައި މިއަދު ޗައިނާ އާއި ދިވެހިރާއްޖޭގެ ކްރިކެޓް ޓީމް ބައްދަލުކުރި މެޗް ރާއްޖެ ކާމިޔާބު ކޮށްފިއެވެ. މެލޭޝިއާގައި ކުރ...

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 Oct 2026 ކުޅިވަރު

އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެސްޕިރޭޝަން ފޯ އޯލް އިނީޝިއޭޓިވް ސްޕޯޓްސް ކްލަބުން އިންތިޒާމްކުރާ "އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026" ގެ ފުރަތަމަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާ ގުޅޭގޮތުން އެ ކްލަބުން...

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
06 Oct 2026 ކުޅިވަރު

ދެކުނު ކޮރެއާގައި ބާއްވާ "ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ

ދެކުނު ކޮރެއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ރޮބޮޓިކްސް މުބާރާތެއް ކަމަށްވާ "ފަސްޓް ގްލޯބަލް ޗެލެންޖް" ގައި ރާއްޖެ ތަމްސީލުކުރާ ދިވެހި ޓީމު އެ ޤައުމުގެ އިންޗިއޮންއަށް ހިނގައްޖެއެވެ. މި...