ގާސިމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހާ ކުށަށް އިއުތިރާފްވެއްޖެ
ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރާއި ގުޅިގެން ފުލުހުން އިއްޔެ ހައްޔަރުކުރި މީހާ އެ ކުށަށް އިއުތިރާފްވެއްޖެއެވެ.
މި މީހާ ގާސިމް މަރާލިކަން ތަހުގީގުގައި އިއުތިރާފްވިކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓްވިޓަރ މެދުވެރިކޮށް ހާމަކުރައްވާފައެވެ.
ހަމީދު ވިދާޅުވީ ރޭ ހައްޔަރުކުރެވުނު މީހާ ކުށަށް އިއުތިރާފުވެފައިވާ ކަމަށާއި، އޭނާ ތަހުގީގަށް އެއްބާރުލުން ދެމުންގެންދާ ކަމަށެވެ. އަދި އޭނާގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން ފަނަރަ ދުވަސްވެސް ޖަހައިދީފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
ޑިސެމްބަރ މަހުގެ 4ވަނަ ދުވަހުގައި ހިނގި މި ގަތުލުގެ ރޭ އޭނާ ލައިގެން ހުރި ހެދުންވެސް ފުލުހުން މިހާރު ވަނީ ހޯދާފައެވެ. ހަމީދު ވިދާޅުވި ގޮތުގައި އެ ހެދުން ފެނިފައިވަނީ އެ ހާދިސާ ހިނގި ސަރަހައްދުގައިވާ ސައިޓެއްގައި ފޮރުވާފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް