ވެލިދޫ ދާއިރާއަށް ލީޒާ ވާދަކުރަނީ
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނ.ވެލިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރުމަށް ކުރީގެ މަޝްހޫރު ނޫސްވެރިޔާ އާއިޝަތު ލީޒާ ނިންމަވައިފިއެވެ.
ވެލިދޫއަށް ނިސްބަތްވާ ލީޒާ އެ ގޮނޑިއަށް ވާދަކުރާކަން ވަނީ ޓްވިޓަރ މެދުވެރިކޮށް އިއުލާންކޮށްފައެވެ. ލީޒާ އަކީ ވެލިދޫއަށް ނިސްބަތްވާ ކަނބަލެކެވެ. ލީޒާ އުޅެ ބޮޑުވެ، ސްކޫލް ތައުލީމް ހާސިލް ކުރީ ވެސް ވެލިދޫގަ އެވެ.
ލީޒާ އެގޮނޑިއަށް ވާދަކުރުމަށް ނިންމާފައިވަނީ އަމިއްލަގޮތުންނެވެ. ނަމަވެސް ލީޒާ ވަނީ ސިޔާސީ ޕާޓީތަކުން އޭނާއަށް ތާއިދުކުރުމަށް އެދިފައެވެ.
އޭނާ ވަނީ މީގެ ކުރިންވެސް މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ، ނާާކާމިޔާބު ވެވަޑައިގެންފައެވެ.
މިފަަހަރުގެ މަޖިލިސް އިންތިޚާބުގައި ގިނަ ނޫސްވެރިން ވާދަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް