ގެއްލުނު ފިރިހެން ކުއްޖާ ނުފެނި ހަތަރު ދުވަސް!
މީގެ ހަަތަރު ދުވަސް ކުރިން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ފިރިހެންކުއްޖާ އަދިވެސް ފެނިފައިނުވާކަަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ގެއްލިގެން އެކަން ރިޕޯޓްކުރީ މިދިޔަ އަންގާރަ ދުވަހުގައެވެ. ނަަމަވެސް އަދިވެސް އެ ކުއްޖާ ނުފެންނަކަމަށް ފުލުހުން ބުންޏެވެ.
ގެއްލިގެން ހޯދަމުން ދަނީ ދަފްތަރު ނަންބަރު ރސ 2997 ، ޝައިމް ޢަބްދުﷲ (14އ) އެވެ.
މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
ޝައިމް ޢަބްދުﷲ އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެމަޢުލޫމާތެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރ 3000600 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް