ވައިގޮޅިއަށް ވެއްޓުނު އަންހެން މީހާ ނިޔާވެއްޖެ
މާލޭގެ ގެއެއްގެ ހަތަރުވަނަ ފަންގިފިލާގެ ވައިގޮޅިއަކުން ވެއްޓުނު އުމުރުން ދުވަސްވީ އަންހެންމީހާ ނިޔާވެއްޖެއެވެ.
އޭނާ ނިޔާާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ މެންދަމު 1:33 ހާއިރުކަމަށާއި، މި އަންހެންމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިހާދިސާގައި އަނިޔާވެފައިވާ އަންހެންމީހާގެ އުމުރަކީ 76 އަހަރެވެ. ވައިގޮޅިން ވެއްޓުމުގެ ސަބަބުން އޭނާގެ ބޮލުގެ ފުށްކިބަ ފަށައިގެންގޮސްފައިވެއެވެ. އަދި އަންހެން މީހާގެ ކަނާތު ފައި ފަލަމަސްގަނޑާ ހަމައިން ބިނދިފައިވާއިރު، ވާއަތު ފައިގެ ކުޑަހުޅުން ވަނީ ބިނދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް