ފުލުހުންގެ އޭސީޕީގެ މަގާމަށް ރިޔާޒާއި އަބްދުﷲ ހަމަޖައްސައިިފި
ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ އަބްދުﷲ އަހުމަދު ހަމަޖައްސައިފިއެވެ.
އެބޭފުޅުންނަށް މަގާމުގެ ކުރިއެރުން ދިންކަމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
މީގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޔޫނުސް ސޮބާހް ވެސް އިއްޔެ ވަނީ ޗީފް ސްޕްރިންޓެންޑެންޓުގެ މަގާމަށް ޕްރޮމޯޓްކޮށްފައެވެ.
ފުުލުހުންގެ މަގާމުތަކަށް މި ބަދަލުތައް ގެނެވުނުއިރު، ޕޮލިސް ރިފޯމްއަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް