އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރަނީ
އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ހަމަޖެހިއްޖެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ހަރަކާތްތަކެއް ހިންގުމަށް ނިންމައިފިއެވެ
މި ހަރަކާތްތައް ހިންގުމަށް ނިންމާފައިވަނީ މާދާމާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެ ގޮތުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި މާރިޗު 1 ވަނަ ދުވަހު އަންހެން ސިފައިންނާއި ސިފައިންގެ ޢާއިލާތަކުން ބައިވެރިވެގެން ކަޅުތުއްކަލާކޮށީގައި ކުޅިވަރުގެ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އާންމުކޮށް ހުޅުވާލެވިގެން، ބަޑިބޭހުގެ ޚާއްޞަ ކުޅިވަރުތަކެއް ސެނަހިޔަ ހޮސްޕިޓަލް ކުރިމަތީ އޮންނަ ހުސް ބިން ސަރަޙައްދުގައި މާދަމާ ރޭ 20:15 ގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަންނަ މަހުގެ ބާވީސް ވަނަ ދުވަހު ރޫޓް މާޗެއް ބާއްވަން ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ. އަންހެން ސިފައިންގެ ޚިދުމަތް ދިވެހި އަސްކަރިއްޔާގައި އުފެދިގެންދިޔައީ 65 އަންހެން ސިފައިންނާއެކު 1989 މާރިޗު 1 ވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް