ދިވެހިރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމް އުމްރާއަށް!
އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގައި ވާދަ ކުރަމުން އަންނަ، ރާއްޖޭގެ ޒުވާން ޓީމަށް އުމްރާ އަށް މައްކާއަށް ދާން ނިންމައިފިއެވެ.
ގައުމީ ޓީމުގެ މެނޭޖަރު މުހައްމަދު އީސާ ބުނީ މިރޭ 11 ޖަހާއިރު، ސައުދީގެ ވެރިރަށް ރިޔާޟުން ޓީމު މައްކާއަށް ދާން ފުރާނެ ކަމަށެވެ. އަދި އެމީހުން އުމުރާއަށް ފޮނުވުމަށް އެފްއޭއެމްގެ ރައީސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް މުހަމައްދު އީސާ ބުނެފައިވެއެވެ.
އީސަ ބުނެފައިވަމީ އެފަދަ ފުރުސަތެއް ލިބުމުން ކުޅުންތެރިން ވަރަށް ބޮޑަށް ހިހްތަހަމެހިފައިވާކަމަށެވެ.
މިހާރު ރިޔާޟުގައި ހަރަކާތްތެރިވާ ފުޓްބޯޅަ ޓީމު މައްކާއަށް ދިއުމަށް ހަމަޖެހިފައިވާ ދަތުރުގެ ހުރިހާ ކަމެއް ބަލަހައްޓާނީ ސައުދީގެ ފޫޓްބޯޅަ ފެޑްރޭޝަނާ އެފްއޭއެމް ގުޅިގެން ކަމަށް އީސަ ބުނެފައިވެއެވެ.
އުމުރާ ނިންމާލުމަށް ފަހު ޓީމު ރިޔާޟަށް ދާނީ، މާދަމާކަމަށާއި، އެ ޓީމު މާލެ އަންނަން ފުރާނީ، މާދަމާ ރޭ 11 ޖަހާއިރު ކަމަށްވެސް އީސަ ބުނެފައިވެއެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް