އިމާރާތްތަކުން އެއްޗެހި ވެއްޓެނީ ސަރުކާރުގެ އިހުމާލުން: ޕީއެންސީ
ހަދަމުންދާ އިމާރާތްތަކުން، މީހުންނާއި އެއްޗެހި ވެއްޓެނީ ސަރުކާރުގެ އިހުމާލުންކަމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ބުނެފިއެވެ.
މިއަދު ހެނދުނު ހުޅުމާލޭ ފޭސް ދޭއްގެ އިމާރާތަކުން މީހަކު ވެއްޓި މަރުވުމާއި ގުޅިގެން ޕީއެންސީއިން ބުނީ އިމާރާތް ކުރުމުގެ ދާއިރާ އަށް ނުހަނު ގިނަ ކުރިއެރުން ލިބެމުން ދަނިކޮށް މިސަރުކާރުގެ ނާގާބިލްކަމާ ހެދި މުޅި އިންޑަސްޓްރީ ދަނީ އަނދަވަޅަކަށް ވެއްޓެމުންކަމަށެވެ.
އަދި މިފަަދަ ހިތާމަވެރި ހާދިސާތައް ހިނގަމުންދަނީ ސަރުކާރުގެ އިހުމާލުންކަމަށް ޕީއެންސީއިން ވަނީ ބުނެފައެވެ.
މިއަދު ހެނދުނު ހިނގި ހާދިސާގައި ނިޔާވެފައިވަނީ ޗައިނާގެ ރައްޔިތެެކެވެ.
ފުލުހުން ބުނީ، ހުޅުމާލޭ ފޭސް ދޭއްގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި މަރުވެފައި ވަނީ ޗައިނާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ ހަށިގަނޑު މިހާރު ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެމީހާ ވެއްޓިފައި ވަނީ، ހަދަމުން ދިޔަ ހަ ވަނަ ޓަވަރުގެ ނުވަ ވަނަ ފަންގިފިލައިން އެ އެޓަވަރުގެ ދެ ވަނަ ފަންގިފިލަޔަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް