ސިފައިން ނިކުމެ ކިނބޫ ހިފައިފި، ހަދާނެ ގޮތެއް ނުބުނޭ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލެ އަތޮޅު ރިސޯޓެއްގެ ވޯޓާ ވިލާ ކައިރިން ފެނުނު ކިނބޫ ސިފައިން ނިކުމެ ހިފައިފި އެވެ.
މި ކިނބޫ ފެނިފައިވަނީ، ވަރު - ބައި އެޓްމޮސްފިއާ ރިސޯޓު ވޯޓާ ވިލާ ކައިރިންނެވެ.
އެމްއެންޑީއެފުން ބުނީ ކަނޑުން އެ ކިނބޫ ހިފާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެހެން ކަމުން އެ ކިނބުލަށް ހަދާނެ ގޮތެއް ސާފެއް ނުވެ އެވެ. މީގެ ކުރީން މި ގޮތަށް ފެންނަ ކިނބޫ ރާއްޖެއާ މާދުރަށް ގެންގޮސް ދޫކޮށްލަނީ އެވެ.
މީގެ އަހަރުތަކެއް ކުރީން މިގޮޮތަށް ފެނުނު ކިނބުލެއް ހިފާ ކުޑަކުދީންގެ ބަގީޗާގައި ބާއްވާފައި އޮތެވެ. އެ ކިނބުލަށް ވީގޮތެއް ފަހުން ނޭންގުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް