މޫނުބުރުގާ އެޅި ޓީޗަރަކު ތޮއްޑޫ ސްކޫލްގައި ކިޔަަވައިދެނީ
މޫނުބުރުގާ އެޅި އަންހެނަކަށް އއ.ތޮއްޑޫ ސްކޫލުން ޕްރީ ސްކޫލް ޓީޗަރެއްގެ ވަޒީފާ ހަމަޖެހިއްެޖެއެެވެ.
މި އަންހެންމީހާއަށް ވަޒީފާ ހަމަޖެހުނުކަން އެރަށު ސްކޫލުގެ ފަރާތުންވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.
މީޑިޔާތަކަށް މައުލޫމާތުދެމުން އެރަށު ސްކޫލްގެ ޕްރިންސިޕަލް މޫސާ ސޯލިހު ވިދާޅުވީ ޕްރީސްކޫލް ކްލާސްރޫމްތަކަކީ ބަންދުކޮށްފައިވާ ކްލާސްރޫމް ތަކަކަށްވުމުން، ކިޔަވައިދޭއިރު މޫނު ނަގައިގެން ކިޔަވައިދިނުމުގެ ފުރުސަތުވެސް މި ޓީޗަރަށް އޮންނާނެކަމަށެވެ.
މޫސާ ވިދާޅުވީ ސިިވިލް ސާވިސްއިން މޫނު ބުރުގާ އެޅި ޓީޗަރަށް މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމުގެ ހުއްދަ ދިނުމާ ހަމައަށް އެ ސްކޫލުން ގެންގުޅުނީ ވަގުތީ ޓީޗަރެކެވެ.
މިއަދު ވަޒީފާއަށް ނިކުމެފައިވާ ޓީޗަރަކީ ގިނަ ދުވަސް ތަކެއް ވަންދެން ތޮއްޑޫ ސްކޫލްގައި ކިޔަވައިދީފައިވާ ޓީޗަރެއް ކަންވެސް ޕްރިންސިޕަލް ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް