އެންމެފަހުން ހައިވޭގެ ޑިވައިޑަރުތައް ކޮންކްރީޓަށް ބަދަލުކުރަން ފަށައިފި
ސިނަމާލެ ބްރިޖާއި ހުޅުމާލެ ގުޅުވާލަދޭ ހައިވޭގައި ލަކުޑިން ހަދާފައިވާ ޑިވައިޑަރުތައް ކޮންކްރީޓް ސިމެންތިން ޑިވައިޑަރުތަކަށް ބަދަލުކުރަން ފަށައިފިއެވެ.
އެޗްޑީސީން މައުލޫމާތު ދޭގޮތުގައި މި ޑިވައިޑަރުތައް ކޮންކްރީޓުން ހަދާފައިވާ އެއްޗެއްސަށް ބަދަލުކުރުމަށް ނިންމާފައިވަނީ ފުލުހުންގެ ލަފަޔާއި އެކުގައެވެ.
މީގެ ކުރިން ހައިވޭގައި ހުރީ ލަކުޑި ޑިވައިޑަރތަކެވެ.
އެހެންކަމުން ހައިވޭ މަތީގައި ހިނގާ އެކްސިޑެންްޓްތަކުގެ ސަބަބުން އެކި ފަހަަރު މަތިން ޑިވައިޑަރތައް ފުނޑު ފުނޑުވެ ބަދަލުކުރަން ވަނީ ޖެހިފައެވެ.
ނަމަވެސް އާންމުންގެ ގިނަ ފަރާތްތަކުން ދަނީ ސިމެންތި ޑިވައިޑަރެއްގައި ޖެހިއްޖެނަމަ ލިބޭނެ ގެއްލުން ބޮޑުވެދާނެކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފޮޓޯ: ސަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް