މަންމައަށް އަނިޔާކޮށް، ގަދަކަމުން ފައިސާ ހޯދަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މަންމަ ގައިގައި ތަޅައި އަނިޔާކޮށް، ގަދަކަމުން ފައިސާ ހޯދަން އުޅުނުކަމުގެ ްތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެ މީހާ އަކީ މީގެ ކުރިން ވެސް މަންމައަށް އަނިޔާކޮށްފައިވާ މީހެއްކަން ކޯޓު އަމުރުން އެނގެއެވެ. އެހެން ކަމުން، ފެމިލީ ކޯޓުން ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަމުރެއް ވެސް ނެރެފައިވާ ކަމަށް ބަންދު އަމުރުގައިވެއެވެ.
އެހެން ނަމަވެސް، މަންމަ ގާތަށް ގޮސް، މަންމައަށް ބިރުދައްކައި، އަނިޔާކޮށްފައިވަނީ އެ އަމުރާ ހިލާފަށްކަން ކޯޓު އަމުރުގައި ފާހގަގަކޮށްފައިވެއެވެ.
އެ ހައްޔަރު ކުރެވުނު މީހާ އޭނާގެ މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން، މަންމަ ގައިގައި ތަޅައި އަނިޔާކުރި ކަމަށް ސީނަށް ދިޔަ ފުލުހުން ތުހުމަތުކޮށްފައިވާއިރު، އޭނާއަކީ، މި ބާވަތުގެ ކުށްތަކަށް ތަކުރާރުކޮށް އަރައިގެންފައިވާ މީހެއްކަމަށްވެސް ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުން ވަނީ އެ މީހާ ހަތް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް