ފޯމުގައި ނަންޖަހާލިކަމަށްޓަކައި ފްލެޓް ދީފައި އެބަހުރި: ރައީސް ސޯލިހު
ނިމިދިޔަ ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން، ފޯމުގައި ނަންޖަހާލުމުންވެސް ބައެއް ފަރާތްތަކަށް ފްލެޓްދީފައިވާކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ މީދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ރޮޒައިނާ އާދަމްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ފްލެޓްތައް އެގޮތް މިގޮތަށް ދީފައި އޮތްއޮތުން ބަލަން ޖެހޭނެކަމަށެވެ. އެގޮތުން ފުލެޓުތައް ދީފައިހުރިއިރުގައި ބައެއް ފަރާތްތަކަށްހަމައެކަނި ފޯމުގައި ނަންޖަހާލި ކަމަށްޓަކައި ފުލެޓު ދީފައިވާކަމަށް ރައީސް ފާހަަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަން ނުލިބޭ އެއްވެސް ދިވެއްސަކު ނުހުންނާނެކަމަށެވެ.
މި ޖަލްސާގައި ރައީސް ސޯލިހު ވަނީ ހުޅުމީދުއަށް ކޮށްދެއްވާނެ ބައެއްކަންކަން ބަޔާންކުރައްވާފައެވެ. އޭގެތެރޭގައި މަގުތައް ހެދުމާއި، ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމާއި، ގެސްޓު ހައުސް ވިޔަފާރި ފުޅާކުރުމާއި، ބަނދަރު ބޮޑުކޮށްދެއްވުމާއި، ޔޫތު ސެންޓަރު އަޕްގްރޭޑު ކޮށްދިނުން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް