ޕީޕީއެމް/ޕީއެންސީގައި އޮތީ މަކަރުވެރި ރޭވުން: މެންބަރު ހުސައިން
ޕީޕީއެމް އަދި ޕީއެންސީގައި އޮތީ މަކަރުވެރި ރޭވުންތަކެއްކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ކުރިން ޕީޕީއެމްގައި އުޅުއްވި މެންބަރު ހުސައިން މިހެން ވިދާޅުވީ ރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ޕީޕީއެމް އަދި ފީއެންސީގައި އޮތީ މަކަރުވެރި ރޭވުން ކަމަށާއި ލީޑަރޝިޕް ބަދަލުނުވާ ކަމަށެވެ.
"އަޑީގައި ތިބި މީހުންގެ ވާހަކަަތައް ދެއްކޭނެ" ކުރިން ރައީސް ޔާމީނާއި މެޑަމް ފާތުންއާއި ގާތްގުޅުމެއް ބޭއްވިކަމަށް އަޑުފެތުރުނު މެންބަރ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގައި ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރެއްވިއަސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އޭނާގެ ގޮނޑި ދެ ވަނަ ދައުރަކަށް ހޮވުނީ އަމިއްލަ ގޮތުން ވާދަ ކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް