ގިނަ ދުވަސްތަކަކަށްފަހު ކުޑަކުދިންގެ މަލްޓިމީޑިޔާ ލައިބްރަރީ ހުޅުވައިފި
ބަންދުކުރިތާ ގިނަ ދުވަސްތަކަކަށްފަހުން ކުޑަކުދިންގެ މަލްޓިމީޑިޔާ ލައިބްރަރީގެ ޚިދުމަތް އަލުން ދޭން ފަށައިފިއެވެ.
މިތަން މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހުޅުއްވައިދެއްވީ ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނެވެ.
2000އަށްވުރެ ގިނަ ފޮތާއިއެކު ހުޅުވުނު މި ލައިބްރަރީ އަމާޒުކުރެވިފައިވަނީ 13 އަހަރުން ދަށުގެ ކުދިންނަަށެވެ. މި ލައިބްރަރީގައި ކުދިންނަށް ފޮތް ކިޔާލަންތިބެވޭނެ ޚާއްސަ ޖާގައެއްގެ އިތުރުން ކުޅެވޭނެފަދަ ކިޑްސް ކޯނާއެއްވެސް ވަނީ ތަރައްގީކޮށްފައެވެ.
ކުޑަކުދިންގެ މަލްޓިމީޑިޔާ ލައިބްރަރީ ހުޅުވާފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ހެނދުނު 10:00 ން ހަވީރު 4:00 އަށެވެ.
މިތަން ހުޅުވިފައިވަނީ މިތަނުގެ ޚިދުމަތް އެއްކޮށް މެދުކެނޑުނުތާ ގާތްގަނޑަކަށް 8 މަަސްދުވަސް ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް