އެމްޑީއެންގެ މެންބަރުންގެ ލިސްޓެއް ހޯދަން އެދިއްޖެ
މޯލްޑިވްްސް ޑިމޮކްރަސީ ނެޓްވޯކް ޖަމްއިއްޔާގައި ހަރަކާތްތެރިވެފައިވާ މެންބަރުންގެ ލިސްޓެއް ހޯދަން އެދިއްޖެއެވެ.
މި ލިސްޓް ހޯދުމަށް އެދިފައިވާ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. މެންބަރު ޓޮމް މި ލިސްޓް ހޯދުމަށް ސިޓީއެއްލުމަށް ޔޫތު މިނިސްޓްރީއަށް ވަޑައިގެންނެވީ އިދިކޮޅު ޕްެރޮގްރެސިވް ކޯލިޝަންގެ ގިނަ އަދަދެއްެގެ މެންބަރުންނާއި އެކުގައެވެ.
އެބޭފުޅާގެ ސިޓީގައި އެދިފައިވަނީ ޖެނުއަރީ 1، 2014 އިން ފެށިގެން މި މަހު އެއްވަނަ ދުވަހާ ހަމަޔަށް އެމްޑީއެންގައި މަސައްކަތް ކުރެއްވި ފަރާތްތަކުގެ ނަމާއި އައިޑީކާޑު ނަމްބަރާއި ދާއިމީ އެޑްރެސް އެނގޭނެ ލިސްޓެއް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ. މި ސިޓީ ހުށައަޅާފައިވަނީ ޔޫތު މިނިސްޓްރީއަށެވެ.
މި ސިޓީލުމަށް ޓޮމް ވަޑައިގެންނެވިއިރު، ވެލާނާގެ ސަރަހައްދަށް އިދިކޮޅު ގިނަ އަދަދެއްގެ ސަޕޯޓަރުން އެމްޑީއެންއާއި ދެކޮޅަށް ޝުއޫރު ފާޅުކޮށްފައިވާ ގަނޑުތައް ހިފައިގެން އެއްވިއެެވެ.
އެފަރާތްތައް ފަހުން ފުލުހުން ވަނީ އެ ސަަރަހައްދުން ދުރުކޮށްފައެވެ.
ފޮޓޯ: އަވަސް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް