މާފަންނު ކެފޭއެއްގައި މާރާމާރީ ހިންގައި، މީހަކު ޒަހަމްކޮށްލައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާފަންނުގައި ހުންނަ ކެފޭއެއްގެ ތެރޭގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
މާރާމާރީ ހިންގާފައިވަނީ ޝަހީދުއަލީ ގޯޅީގައި ހުރި ކެފޭއެއްގައެވެ. ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވެފައިވަނީ ފިރިހެނަކަށް ކަމަށާއި، އެމީހާ ވަނީ ފަރުވާދިނުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިކަމަށެވެ. ވީޑިއޯތަކުން ފެންނަގޮތުގައި ޒަހަމްވީ މީހާ އެމްބިއުލާންސަށް އަރުވާފައިވަނީ ސްޓްރެޗަރެއްގައެވެ.
ފުލުހުން ބުނީ މި މާރާމާރީގެ މައްސަލަ މިހާރު ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށެވެ. މި މައްސަލާގައި މީހަކު ހައްޔަރުނުކުރާކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް