އަނެއްކާވެސް މިސްކިތަކަށް ގެއްލުންދީފި. މިފަހަރު ޠަޢިބާ މިސްކިތަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ފުރުގާން މިސްކިތަށް ގެއްލުންދިންތާ ހަފްތާއެއް ނުވަނީސް މިއަދު ހެނދުނު ތައިބާ މިސްކިތުގެ ބައެއް ބިއްލޫރިތައް ތަޅާލައިފިއެވެ.
މަންޒަރުދުށް ބައެއް މީހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 06:45 ހާއިރުކަމަށެވެ. ތައިބާ މިސްކިތަށް ގެއްލުންދިން މީހާ ވަނީ ޕޭމަންޓް ގާބުރިއެއް އެއްލައި މިސްކިތުގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.

މިހާދިސާގައި މިސްކިތު ތެރެއަށް ބިއްލޫރިތަށް އެޅި މިސްކިތު ނަމާދުކުރާ ބަޔަށް ވަނީ ގަލިގެ ބައިތަށް ވަކިވެ ގައުކުނޑިތައްވެސް އެޅިފައެވެ.

މިކަން ކުރި މީހާ އެވަގުތު ފުލުހުންގެބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މީގެ ހަފްތާއެއްހާ ދުވަސްކުރިން ފުރުގާން މިސްކިތުގެ ކުޑަދޮރެއްވެސް ވަނީ ތަޅާލާފައެވެ. އެ ހާދިސާ ހިނގާފައިވަނީ ދަންވަރުގެ ވަގުތެއްގައެވެ. އެ ހާދިސާގައިވެސް ކުޑަދޮރު ތަޅާލާފައިވަނީ ޕޭމަންޓް ގަލެއް އެއްލައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް