ޗައިނާ އިން ރާއްޖެއަށް 1,500 ޓަނުގެ ފެން ހަދިޔާކޮށްފި
ޗައިނާ އިން ރާއްްޖެއަށް 1,500 ޓަނުގެ ފެން ހަދިޔާކޮށްފި އެވެ.
މިއަދު ރާއްޖޭގެ ޚާރިޖީ ވުޒާރާގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖެއަށް ފެން ހަދިޔާކުރި ކަމުގެ ލިޔުން ޚާރިޖީ ވަޒީރު މޫސާ ޒަމީރުއާ ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވާންގް ލީ ޖިން އެވެ.
ޚާރިޖީ ވުޒާރާއިން ހާމަކުރެއްވިގޮތުގައި، ޗައިނާ އިން ހަދިޔާކުރި ފެން ދޫކުރަން ނިންމާފައިވަނީ، ބައެއް ރަށްރަށް ފެނަށް ޖެހޭ ވަގުތު ފެން އެންމެ ބޮޑަށް ބޭނުންވާ ރަށްތަކަށް ބަލައިގެންނެވެ.
މިއަދު ރާއްޖެއަށް ހަދިޔާކުރި ފެނަކީ ޗައިނާގެ އޮޓޮނޮމަސް ސަރަހައްދެއް ކަމަށްވާ ޝީޒަންގްއިން ރާއްްޖެއަށް ގެނެސްފައިވާ ފެނެވެ. މިއީ މިދިޔަ އަހަރުގެ ފަހުކޮޅު ރާއްޖެއަށް އެހީއެއްގެ ގޮތުގައި ދިނުމަށް ޗައިނާ އިން ނިންމާފައިވާ ފެނެކެވެ.
ދިވެހިރާއްޖެއާ ޗައިނާގެ ގުޅުން ބަދަހި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ޗައިނާއިން ދަނީ ރާއްޖެއަށް ގިނަ އަދަދަކަށް ހިލޭ އެހީ ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް