ދުވެލި ރަނގަޅު ޑެނިއެލް ޖޭމްސް ޔުނައިޓެޑަށް ސޮއިކޮށްފި
ވޭލްސްއަށް ނިސްބަތްވާ ކުޅުންތެރިޔާ ޑެނިއެލް ޖޭމްސް މެންޗެސްޓާ ޔުނައިޓެޑަށް ސޮއި ކޮށްފިއެވެ.
15 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީއަކަށް ސްވޯންސީއިން ޔުނައިޓެޑައި ގުޅުނު ޖޭމްސް ބޮޑަށް ފާހަގަވަނީ ސްޕީޑް ރަނގަޅު ކުޅުންތެރިޔެއްގެ ގޮތުގައެވެ.
ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރުމަށްފަހު އޭނާ ބުނީ ޔުނައިޓެޑައި ގުޅެން ފުރުސަތު ލިބުމަކީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް އުފާވެރިކަން ކަމަށެވެ.
ނިމިގެން ދިޔަ ސީޒަނުގައި ލީގު ތާވަލުގެ ހަވަނައިގަ އޮވެގެން ނިންމާލީ ޔުނައިޓެޑުގެ ކޯޗް ޝޯލްޝާ ބުނީ ޖޭމްސްއަކީ ހުނަރުހުރި އަދި ގަދައަޅާ މަސައްކަތްކުރާ ވިންގަރ އެއްކަމުގައެވެ. ޔުނައިޓެޑަކީ އޭނާގެ ކުރިއެރުމަށް ބޭނުންވާ ކަހަލަ މާހައުލެއް އޮތް ތަނެއް ކަމުގައިވެސް ޝޯލްޝާވަނީ ފާހަގަ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް