ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މި ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަނުކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް ގޮވައިލައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، މި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 8 މެންބަރުންނެވެ. އަދި އެ މައްސަލަ ބަލައިނުގަތުމަށް 59 މެންބަރުން ވޯޓް ދީފައިވުމުން މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.
މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ، ދައުލަތުގެ ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް ފަރާތްތަކުގެ މުސާރަ ކުޑަކުރަން ނިންމާފައިވާކަން ފާހަގަކޮށް، ރައީސް އައްޔަންކުރައްވާފައިވާ ސިޔާސީ މުވައްޒަފުންގެ އަދަދު މިއަދާ ހަމައަށްވެސް ހާމަކޮށްފައިނުވާ ކަމަށް ވިދާޅުވެފައެވެ.
އެހެން ކަމުން، ސިޔާސީ މަގާމުތަކަށް ރައީސް އައްޔަންކުރައްވާފައިވާ ބޭފުޅުންގެ އަދަދާއި އެ ބޭފުޅުންގެ މަގާމުގެ މަސްއޫލިއްޔަތު ހާމަކުރުމަށްވަނީ މައްސަލާފައި ގޮވާލާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް