އެޗްޑީސީގެ ޗެއާމަންކަމުން ނާސިފް ވަކިކޮށް، ވެމްކޯގެ ޗެއާމަން ކަމަށް އައްޔަނުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން ކަމުގެ މަޤާމުގައި ހުންނެވި ސ. ހުޅުދޫ، ރިވަރސައިޑް އަޙްމަދު ނާޞިފް، އެ މަޤާމުން ވަކިކޮށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރމަން ކަމުގެ މަޤާމަށް މިއަދު އައްޔަނުކޮށްފިއެވެ.
މިކަން ޕީސީބީން މިއަދު ވަނީ އިއުލާން ކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ނާސިފް އެންމެ ފުރަތަމަ ހުންނެވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޗެއާމަންގެ ގޮތުގައެވެ.
އެފަހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާވަނީ، އެޗްޑީސީގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފައެވެ.
ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ނާސިފް ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.
މީގެއިތުރުން ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) އާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ނާސިފް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް