އުއްތަމަ ފަނޑިޔާރު މަގާާމުން ވަކިކުރަން މަޖިލީހަށް ފޮނުވައިފި
ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ މަގާާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުން މަޖިލީހަށް ފޮނުވައިފި އެވެ.
ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވަކިކުރުމަށްވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައެވެ.
މިގޮތަށް ނިންމާާފައިވަނީ މިއަދު ކުރިއަށްދިޔަ ޖޭއެސްސީގެ ޖަލްސާގައެވެ. އެ ކޮމިޝަނުން ބުނީ އެ ދެ ފަނޑިޔާރުންނާއި މެދު ތަހުގީގުކުރި ސުލޫކީ މައްސަލަތަކާއި ގުޅިގެން، ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާާޒިމްވާ ސުލޫކީ ސިފަތައް ނެތިގެންދާ ފަަދަ އަމަލުތަކެއް އެ ދެބޭފުޅުންގެ ކޮށްފައިވާކަމަށް ތަހުގީގު ކޮމެޓީއަށް ފެންނާާތީ ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ގާނޫނާއި ހަވާާލާދީ އެދެބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެދެބޭފުޅުންނާއި މެދު ތަހުގީގުކުރި މައްސަލައިގެ ބާވަަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްެގެ މައްޗަށް ރިއާޔަތްކޮށް، ފަނޑިޔާރުކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރުކުރުމަށް ފެންނަކަމަށް ވަނީ ބުނެފައެވެ.
އެހެންކަމުން ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރުމަށްވެސް ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް