ފެމިލީ ކޯޓުގެ ފަނޑިޔާރުން އެހެން ކޯޓުތަަކަށް ބަދަލުކޮށްފި
ފެމިލީ ކޯޓުގެ ފަނޑިޔާރުންތަކެއް އެހެން ކޯޓުތަކަކަށް ބަދަލުކޮށްފިއެވެ.
މިކަން ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފައެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފެމިލީ ކޯޓުގެ ދެ ގާޒީން ކަމަށްވާ މުހައްމަދު ސަމީރާއި އަހުމަދު ޝަކީލް ކްރިމިނަލް ކޯޓަށް ބަދަލު ކުރުމަށް ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން ހަމަ އެ ދުވަހުން ފެށިގެން ފެމިލީ ކޯޓުގެ ގާޒީ ހަސަން ޝަފީއު ސިވިލް ކޯޓަށް ބަދަލުކުރަން ވެސް ޖޭއެސްސީން ވަނީ ނިންމާފައެވެ.
ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ އެ ބަދަލުތައް ގެންނަން ނިންމީ އިއްޔެ ބޭއްވި ޖޭއެސްސީ ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެ ބަދަލުތަކަކީ ގާޒީންގެ ރުހުމާ އެކު ގެންނަ ބަދަލެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް