ހަލީމް އެދެނީ ތިބޭފުޅުންގެ ދީލަތި އެހީއަކަށް!
މިމަހުގެ 8 ވަނަ ދުވަހު ކަނޑު މަތީގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި ލޯންޗެއްގެ ބުރަފަފަތީގައި ޖެހި ފައި ބުރިވި އަބްދުﷲ ހަލީމް އިތުރު ފަރުވާއަށް ޢާންމުންގެ ދީލަތި އެހީއަށް އެދިއްޖެއެވެ.
އޭނާގެ ބޭބެ އިބްރާހިމް ޝިހާބް މައުލޫމާތު ދެއްވި ގޮތުގައި ހަލީމްގެ ފައި އަލުން ގުޅުވޭނެކަމުގެ އެއްވެސް އުއްމީދެއް ނެތުމުން ޑޮކްޓަރުން ލަފާދީފައިވަނީ ފައި ބުރިކޮށްލުމަށްކަމަށެވެ.
ނަމަވެސް 27 އަހަރުގެ ހަލީމްއަށް މަސްނޫއީ ފައެއް ޖަހައިގެން ހިނގައި އުޅެވޭނެކަމުގެ ޔަޤީންކަން ޑޮކްޓަރުން ދެއްވާފައިވުމުން އާއިލާއިން ދަނީ މިކަމަށް އާންމުންގެ ދީލަތި އެހީތެރިކަމަށް އެދެމުންނެވެ.

އަބްދުﷲ ހަލީމްއަށް އެހީތެރިވުމަށް:
ބީއެމްއެލް އެކައުންޓް 7701179802101
އިސްމާއިލް ޝިހާބް 7400009
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް