ދެ ލޯންޗެއް ޖެހި މިރޭ ހިނގި އެކްސިޑެންޓްގައި، 12 މީހަކަށް އަނިޔާވި: ފުލުހުން
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ގުޅީފަޅު ކައިރިން ދެ ލޯންޗެއް ޖެހި މިރޭ ހިނގި އެކްސިޑެންޓުގައި 12 މީހަކަށް އަނިޔާ ލިބުނުކަމަށް ފުލުހުން ބުނެފިއެވެ.
ދެ ލޯންޗު ޖެހި ހިނގި އެކްސިޑެންޓާ ބެހޭގޮތުން ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، މިރޭގެ 19:34 ހާއިރު ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބުނު މީހުން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވި އެއް ލޯންޗަކީ ކޮއްދިއްޕަރު ޕީކޭޑީ-10 ނަމަކަށް ކިޔާ ލޯންޗެކެވެ. އަނެއް ލޯންޗަކީ ސެނޯރާ ނަމަކަށް ކިޔާ ލޯންޗެކެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ދެ ލޯންޗަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މި ހާދިސާގައި ބައެއް މީޙުންގެ ގަޔަށް ބިއްލޫރި އެތިއެތިކޮޅު ވަދެފައިވާކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ދަނީ މިހާރު މި އެކްސިޑެންޓް ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް