ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނެއް ނިޔާވެއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލޭގައި މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދިވެހި ފިރިހެނަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުޅުމާލޭ ނިރޮޅުމަގު އެމްޑަބްލިޔުއެސްސީ ކައިރިން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިމަހު 6 ވަނަ ދުވަހު 3:26 ގައި އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާ ވެގެން ފުރަތަމަ ފަރުވާ ދިނީ ހުޅުމާލޭ ހޮސްޕިޓަލްގައި ކަމަށާ، އެއަށް ފަހު އިތުރު ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލް މައުލޫމާތު ދެއްވައެވެ.
މީގެ އިތުރުން އޮފިޝަލް ވިދާޅުވީ، އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މެއި 6 ވަނަ ދުވަހުގެ 00:56 ގައި ނިޔާވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް