ހައި އެޗީވާސް ސްކޮލަޝިޕްގެ ދަށުން އޯއީސީޑީ ގައުމުތަކުން ކިޔެވޭގޮތް ހަދަނީ
ހައި އެޗީވާސް ސްކޮލަޝިޕްގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް އޯއީސީޑީ ގައުމުތަކުން ކިޔެވޭނެ ގޮތް ހަދަން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
ނޫސްެވެރިންނަށް މައުލޫމާތު ދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން ވިދާޅުވެފައިވަނީ އޭ ލެވެލްއިިން ރާއްޖެއިން އެއްވަނަ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ ކޮންމެ ގައުމަކުންވެސް ބޭނުން މާއްދާއެއް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އަދި ހައިއެޗީވާސް ސްކޮލަޝިޕްގައި އޯއީސީޑީގެ ގައުމުތަކުން ކިޔެވޭނެ މަގާއި ޓްރެއިނިން ހެދުން ހިމެނޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ފ. މަގޫދޫގައި ހުންނަ ބިކޯކާ ޔުނިވަރސިޓީގެ އައުޓްޕޯސްޓް ހިންގުމާއި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ގާނޫނީ ބާރުދިނުން ހިމެނޭ ކަމަށްވެސް އިބްރާހިމް ހަސަން ވިދާޅުވެފައިވެއެވެ
އޭ ލެވެލްގައި ފަސް މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށް މީގެކުރިންވެސް ހައި އެޗީވާސް ސްކޮލަޝިޕްގެ ދަށުން އޯއީސީޑީގެ ގައުމުތަކުން ކިޔެވުމުުގެ ފުރުސަތު އޮވެއެވެ. ނަމަވެސް ފާއިތުވި ސަރުކާރުން ވަނީ ސާކްގެ ގައުމުތަކުން ތައުލީމް ހާސިލްކުރުމަށް އިސްކަން ދޭ ގޮތަށް އެ ގަވާއިދު ބަދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް