ޝައުނާއަށް ކުރެވުނު ތުހުމަތުތަކަށް ރައްދުދީފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތުތަކަށް އެކަމަނާ ފުރިހަމަ ރައްދެއް ދެއްވައިިފިއެވެ.
ޓްވިޓަރގައި ބަޔަކު އެކަމަނާ ބީއެމްއެލްގެ ލޯނެއް ހޯއްދެވީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނުމުން، ޝައުނާ ވަނީ އެކަމަނާ އެ ލޯނު ހޯއްދެވި ގޮތާއި އާމްދަނީގެ ތަފްސީލް ބަޔާންކުރައްވާފައެވެ.
ޝައުނާ ވިދާޅުވީ ބީއެމްއެލްގެ 2.4 މިލިޔަން ރުފިޔާގެ ހޯމް ލޯނަކީ އެކަމަނާ އާއި ފިރިކަލުން ގުޅިގެން ނެންގެވި ލޯނެއް ކަމަށެވެ. އެލޯނަށް ކުރިމަތިލީ 2016ވަަނަ އަހަރުގައި ކަމަށާއި އެލޯނު ހަމަޖެހުނީ 2017ވަނަ އަހަރުގައިކަން ޝައުނާ ފާހަަގަކުރެއްވިއެވެ.
އެވަގުތުގައި ޝައުނާއާއި އެކަމަނާގެ ފިރިކަލުންގެ ޖުމްލަ އާމްދަނީ އަކީ 66،500ރުފިޔާާއަށް ވެފައި، އުމުރުން 35އަހަަރަށްވުރެ ދަށްވުމުން ލޯނު ނެގުމަށް ޕެންޝަން ސޭވިންގްސް ބޭނުންކުރެވުނު ކަމަށްވެސް އެކަަމަނާ ވިދާޅުވިއެވެ.
ޝައުނާ އަށް މިހާރު ސަރުކާރުން މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 46،000ރ. އެވެ.
ފޮޓޯ: ސަން އޮންލައިން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް