އެލައިޑްގެ ބްރޭންޑް އެމްބެސެޑަރަކަށް ނަހޫ ހަމަޖައްސައިފި
ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްެގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިކަމުގައިވާ އެލައިޑް އިންޝުއަރެންސްގެ ބްރޭންޑް އެމްބެސެޑަރަކަށް، އެކުންފުނީގެ އިސްތިހާރުތަކުން މަޝްހޫރުވި ނަހުޒާން އަހުމަދު ހުސައިން (ނަހޫ) ހަމަޖައްސައިފިއެވެ.
ވ.ކެޔޮދޫއަށް ނިސްބަތްވާ ނަހޫ މި މަގާމަށް ހަމަޖެއްސީ ރޭ އެލައިޑް އިންޝުއަރެންސްގެ 34ވަނަ އަހަރީ ދުވަހާއި ގުޅިގެން ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ނަހޫއަށް ބްރޭންޑް އެމްބެސެޑަރކަން ލިބުނުކަމުގެ ލިޔުން އޭނާގެ މައިންބަފައިންނާއި ހަވާލުކޮށްދެއްވީ އެލައިޑްގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު އަމީލެވެ.
މި އެމްބެސެޑަރޝިޕްގެ ދަށުން ނަހޫއަށް ޚާއްސަ ކަންތައްތަކެއް ކޮށްދނުމަށް އެލައިޑުން ވަނީ ނިންމާފައެވެ. އެގޮތުން ނަހޫގެ އަހަރު ދުވަހުގެ ހިލޭ އިންޝުއަރެންސާއި ކިޔެވުމުގެ ބައެއް ހަރަދުތައް ދިނުމަށް އެކުންފުނިން ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް