ބުރާސްފަތި ދުވަހުގެ ރޭ މަންފާގެ ކޮން ހަރަކާތެއް, މި ކޮން ދެ ކުދީންނެއް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އަންނަ ބުރާސްފަތި ދުވަހުގެ ރޭ މަންފާ ޖަމިއްޔާ އިން ހާއްސަ އިވެންޓެއް ބޭއްވުމަށް ނިންމާ އެކަން ވަނީ އިއުލާނު ކޮށްފަ އެވެ.
މި އިވެންޓް އޮތީ އެ ރޭ އާޓިފިޝަލް ބީޗްގަ އެވެ. އާންމުކޮށް ހުޅުވާލެވިފައިވާ މި އިވެންޓާއި ގުޅޭގޮތުން ބައެއް މީހުން ސުވާލު ކުރެ އެވެ. އެއީ މި އިވެންޓްގެ ހަރަކާތް އިއުލާނު ކުރުމުގެ ގޮތުން މަންފާ ޖަމިއްޔާގެ ރައީސް އަލީ ރަމީޒު އާންމު ކޮށްފައިވާ ވީޑިއޯއާ ގުޅިގެންނެވެ.
ވީޑިއޯގައި ފެންނަނީ އަލީ އާ ދެ ކުދީންނެވެ. މެދުގައި އިންނަނީ އަލީ އެވެ. ދެ ކުދީން ދެ ފަރާތުގައި ތިބެ މަދަހައެއް ކިޔަ އެވެ. އެއީ އަލީ ރަމީޒުގެ އެންމެ މަޝްހޫރު އެއް މަދަހަ ކަމުގައިވާ "ތިޔަ އޭ ރަސޫލަކީ" މި މަދަހަ އެވެ. މިއީ ބުރާސްފަތި ދުވަހުގެ ރޭގެ އިވެންޓުން ފެންނާނެ ހަރަކާތެއް ކަމަށް ބެލެވެ އެވެ.
ފިތުނަ - ދަރުހެއް
މަންފާގެ މި އިވެންޓަކީ އެ ޖަމިއްޔާއިން ބާއްވާ ބޮޑު ދަރުހެކެވެ. ދަރުސް ދެއްވާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ އައްޝައިހް ޑރ. އާދަމް ޝަމީމް އެވެ.
ދަރުސްގެ މައުލޫ އަކީ "ފިތުނަ" އެވެ.

މަންފާ އިން ބުނި ގޮތުގަައި ދަރުސް އިވެންޓްގައި ބައެއް ހަރަކާތްތައްވެސް ހިމެނޭނެ އެވެ. ވީހާވެސް ގިނަ ބަޔަކު މި ހަރަކާތުގައި ބައިވެރިވުމަށް އެ ޖަމިއްޔާއިން އެދެ އެވެ. މި ހަރަކާތް ބާއްވަނީ މާލެ ސިޓީ ކައުންސިލާއި ބައެއް ޖަމިއްޔާތައް ގުޅިގެންނެވެ.
މަންފާ - ހަގު ޖަމިއްޔާއެއް ނަމަވެސް މިހާރު އެއްވަނަ
ދީނީ ހޭލުންތެރިކަމަށް ވަރަށް ފުޅާކޮށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔަތުއްސަލަފު އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި އެ ޖަމިއްޔާގެ އިސް މަގާމުތަކެއް ފުރުއްވާ ދީނީ އެތައް މަސައްކަތްތަކެއް ކުރައްވާފައިވާ އަލީ "މަންފާ" ނަމުގައި ޖަަމިއްޔާއެއް އުފައްދަވާ ކުރީގެ މަސައްކަތްތައް އިތުރަށް ވަނީ ފުޅާ ކުރައްވާފަ އެވެ.

އެ ޖަމިއްޔާ އަށް އަދި މިވީ އަށެއްކަ މަސް ދުވަހެވެ. ނަމަވެސް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މަންފާ ވެފައިވަނީ ރާއްޖޭގެ ދައުވަތުގެ މައިދާނުގެ އެއްވަނަ އަށެވެ. ވަރަށް ގިނަ ރަށްރަށަށް ދަތުރުކޮށް ތަފާތު ޕްރަގްރާމްތައް ދަނީ ހިންގަމުންނެވެ. އެ ޕްރަގްރާމްތަކަށް ހުރިހާ ރަށަކުން ވެސް ބޮޑު ތަރުހީބެއް ލިބެމުން ދެ އެވެ.
އަދި ވަރަށް ގިނަ ރަށްރަށުން މަންފާއަށް ވަނީ ރިކްއެެސްްޓްތައް ލިބިފަ އެވެ. އަންނަ އަހަރުގެ ފެށުމާއި ހަމައަށްވެސް މިހާރު އޮތީ ފުލްކޮށެވެ.
ދިވެހީންގެ ވަރަށް ލޯބްތަކާއި އިހްތިރާމެއް އޮތް އަލީ ރަމީޒު ގެންދަނީ ދައުވަތުގެ މައިދާނުގައި ވަަރަށް މުހިންމު ދައުރެއް އަދާ ކުރަމުންނެވެ. އެ މަސައްކަތަށް ވިހި އަހަރަށް ވުރެ ގިނަ ދުވަސްވީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް