ކޮންޓްރެކްޓާސް އެސޯސިއޭޝަނުން ޕްލޭނިންގ މިނިސްޓްރީއާއި ބައްދަލުކޮށްފި
މޯލްޑިވްްސް ކޮންޓްރެކްޓާސް އެސޯސިއޭޝަނާއި، ޕްލޭނިންގ މިނިސްޓްރީއާއި ދެމެދު ބައްދަލުވުމެއް ބާއްވައިފިއެވެ.
ޕްލޭނިންގ މިނިސްޓްރީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަނީ ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމާއި، މޯލްޑިވްސް ކޮންޓްރެކްޓާސް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި ބައްދަލުވުމުގައި ވަނީ ކޮންޓްރެކްޓަރުންގެ މެދުގައިވާ ގިނަ ކަންބޮޑުވުންތަކަކާއި ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން އެންސީއާރުގައި ރަޖިސްޓަރވުމުގެ ކަންކަން ލަސްވުމާއި، ބޭރުގެ ކުންފުނިތަކަށް އެއްވެސް އުސޫލެއް ނެތި ޕީއެސްއައިޕީގެ މަޝްރޫއުތަކުގައި ބައިވެރިވެވުން ފަދަ ކަންކަމާއި މެދު ވަނީ ވާާހަކަދައްކާފައެެވެ.
އަދި މީގެ އިތުރުން އެ ޖަމްއިއްޔާއިން ވަނީ މި ބައްދަލުުވުމުގައި ކޮންޓްރެކްޓަރުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކޮށް 37ނުކުތާގެ މައްޗަށް ހިމެނޭ ކަރުދާހެއް ޕްލޭނިންގ މިނިސްޓްރީއަށް ހުށައަޅާފައެވެ. މިއަދުގެ ބައްދަލުުވުމުގައި އެފަރާތުން ހުށައެޅި ކަންތައްތަކާއި ގުޅޭގޮތުން މަސް ދުވަސް ފަހުން ބައްދަލުވުމެއް ބާއްވަވާނެކަމަށް ކޮންޓްރެކްޓާސް އެސޯސިއޭޝަނަށް މިނިސްޓަރ އަސްލަމް ވަނީ ޔަގީންކަން ދެއްވާފައެވެ.
ކޮންޓްރެކްޓަރުންގެ އެސޯސިއޭޝަނަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ކޮންޓްރެކްޓަރުންގެ ގިނަ ކުންފުނިތަކުން ބައިވެރިވެގެން އުފައްދާފައިވާ ޖަމްެއިއްޔާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް