މިއަދުން ފެށިގެން މަންމައިންނަށް ހަ މަހުގެ މެޓާނިޓީ ލީވް ލިބޭނެ!
މިއަދުން ފެށިގެން މައިންނަށް ވިހެއުމާއި ގުޅިގެން މުސާރަ ހިނގާ ގޮތަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް، ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން އިއުލާންކުރައްވާފައިވަނީ މިއަދު އޮތް އަންހެނުންގެ ދުވަހުގެ ޖަލްސާގައެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދުން ފެށިގެން މައިންނަށް ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް، އަދި ބަފައިންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވް މުސާރައާ އެކު ހަމަޖެހިގެންދާނެކަމަށެވެ.
މީގެ އިތުރުން ސިވިލް ސާވިސް މުވައްޒަފުންގެ ހަ މަސް ނުފުރޭ ދަރިން ތިބިކަމުގައިވާނަމަ، އެކުދިންގެ އުމުރުން ހަ މަސް ވަންދެން އެ ކުދިންގެ މައިންބަފައިންނަށް މިއަދުން ފެށިގެން ޗުއްޓީ ލިބޭނެ ކަމަށްވެސް ރައީސް ވަނީ އިއުލާންކުރައްވާފައެވެ.
މުސާރަ ހިނގާ ގޮތަށް މެޓާނިޓީ ލީވްއާއި ޕެޓާނިޓީ ލީވް ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅެއްކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް