މިފަހަރު 6373 ވުރެ ގިނަ މީހުން އުމްރާގެ އަޅުކަމަށް މައްކާއަށް ގޮސްފައިވޭ: ވަޒީރު
މިފަހަރު 6373 ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޑިސެންބަރު މަހު ރާއްޖެއިން ޢުމްރާއަށް ގޮސްފައިވާ އެންމެހައި އަޚުންނާއި އުޚުތުންގެ ޙާލުވެސް ރަނގަޅުކަމަށެވެ.
އެއާއިއެކު،މިފަހަރު އެކި ކުންފުނިތަކުގެ ޙަވާލުގައި 6373 ވުރެ ގިނަ މީހުން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ގޮސްފައިވާކަން ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ.
ޢާއްމުގޮތެއްގައި ރާއްޖެއިން ޑިސެމްބަރު މަހުގެ ޢުމްރާއަށް 4000 އެއްހާ މީހުންކަމަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރިނަމަވެސް، މިއަހަރު ރިކޯޑު ޢަދަދަކަށް މީހުން ޑިސެމްބަރު މަހުގެ ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދަތުރުކުރަމުންދާކަަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް