ކުޑަކުދިންނަށް ޖިންސީ އަނިޔާކުރަން ތާއިދެއް ނުކުރަން: އަދާލަތު
ކުޑަކުދިންނަށް ޖިންސީ އަނިޔާކުރުމާއި މެދު ތާއިދެއް ނުކުރާނެކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އެޕާޓީން މިހެން ބުނެފައިވަނީ ރޭގެ ވަގުތެއްގައި ކުރި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ބުނެފައިވަނީ އަދާލަތު ޕާޓީއަކީ ކުޑަކުދިންނަށް ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އެ ނޫންވިޔަސް އަނިޔާާއެއް ދިނުމަށް ކުޑަކޮށް ނަމަވެސް ތާއިދުކުރާނެ ޕާޓީއެއް ނޫންކަމަށެވެ.
އަދި އެފަދަ ހަގީގަތެއް ނެތް އިލްޒާމްތައް އަދާލަތަށް އަމާޒުކުރަނީ ސިޔާސީ ވާދަވެރިކަމުގައި ކަމަށްވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް