ރައީސް ޔާމީން ޖަލަށްލުމުން އުފާފާޅުނުކުރޭ: ގާސިމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަކީ އުފާފާޅުކުރަންޖެހޭކަމެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ ޔާމީން ރައީސް ޔާމީން ހައްޔަރު ކުރަން އަމުރު ނެރުނުކަމުގެ އުފަލުގައި ބޮނޑިބަތް ކެއުމުގެ ހަފުލާއެއް ކުނޫޒުގައި ރޭ އޮންނާނެ ކަމަށް ޖޭޕީގެ ކައުންސިލް މެމްބަރަކު ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވުމުން އެކަމަށް ދެކޮޅު ހައްދަވައި ލިޔުއްވި މެސެޖެއްގައެވެ.
ގާސިމް ވިދާޅުވީ ކުނޫޒުގައި ނޫނީ އެހެން ތަނެއްގައި ވެސް ޖޭޕީގެ ނަމުގައި ޖޭޕީގެ މީހުން، ރައީސް ޔާމީން ބަންދުކޮށްގެން އެއީ އުފަލެއް ކަމަށް ހަދައިގެން އެއްވެސް ކަމެއް ކުރުން އެއީ ބުއްދިވެރި ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާކަމަށެވެ.
"ކޮންމެ މީހަކަށް ވެސް މިފަދަ ދުވަހެއް ދިމާވެދާނެ. ވިސްނުމުގައި ބަހައްޓަވާ ރައީސް ޔާމީނަކީ ގައުމު ބޭރުގެ ބަޔަކަށް ވިއްކާލަން އުޅުނު ވެރިއެއް ނޫން"،ގާސިމް އިތުރަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް