މަސީގެ ރައީސްކަމަށް އަނެއްކާވެސް ޖަނާހު އިންތިޚާބުކޮށްފި
ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޖަމްއިއްޔާއެއް ކަމުގައިވާ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް ކަމުގެ މަގާމަށް މުހައްމަދު އަލީ ޖަނާޙް އަނެއްކާވެސް އައްޔަންކޮށްފި އެވެ.
މިއީ ޖަނާހް މި މަގާމަށް ހޮވިވަޑައިގެންނެވި ހަތްވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
މަސީގެ ރައީސްގެ މަގާމަށް ޖަނާހު އަލުން އިންތިޚާބުކޮށްފައިވަނީ ރޭ ކުރިއަށްދިޔަ މަސީގެ 17ވަނަ އަހަރީ އާންމު ޖަލްސާގައެވެ.
2001 ވަނަ އަހަރުން ފެށިގެން ކޮންސްޓްރަންޝަން ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ޖަނާހް ވަނީ މިދިޔަ އަހަރު އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަންގެ ވައިސް ޕްރެޒިޑެންޓްގެ މަގާމު އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް