ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މަހާޒު އައްޔަންކުރުމަށް ޖޭއެސްސީއަށް ފޮނުވައިފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޑްރަގް ކޯޓުގެ ކުރީގެ ގާޒީ އަލްއުސްތާޛު މަހާޒު އަލީ ޒާހިރު އައްޔަންކުރުމަށް ފޮނުވައިފިއެވެ.
މަހާޒްގެ ނަން ޖޭއެސްސީއަށް ފޮނުވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 148 ވަނަ މާއްދާގެ ހ ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ގދ. މަޑަވެލި، މޭނާ، އަލްއުސްތާޛު މަޙާޒް އަލީ ޒާހިރު އައްޔަންކުރުމާމެދު ޖުޑީޝަލް ސާރިވިސަސް ކޮމިޝަންގެ ލަފައަކަށް އެދި މިއަދު ހުށައަޅުއްވައިިފި ކަމަށެވެ.
މަހާޒު ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ފޮނުވާފައިވަނީ އެކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މަގާމު ގެއްލުނުކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމެވުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް