2020ވަނަ އަހަރަށް އިނގުރައިދޫ ޕްރީ ސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފި
2020ވަނަ އަހަރުގެ ދިރާސީ އަހަރަށް އިނގުރައިދޫ ޕްރީ ސްކޫލަށް ކުދިން ވެއްދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެގޮތުން އެ ސްކޫލްގެ ބޭބީ ނާސަރީ އަދި ނާސަރީއަށް ވަންނަން ބޭނުންވާ ކުދިންނަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އެ ސްކޫލްގެ ބޭބީ ނާސަރީއަށް ވެއްދޭނީ އުމުރުން ދެ އަހަރު ފުރި، ތިން އަހަރު ފުރިފައި ނުވާ ކުދިންނެވެ. އަދި ނާސަރީއަށް ވެއްދޭނީ ތިން އަހަރު ފުރި، ހަތަރު އަހަރު ނުފުރޭ ކުދިންނެވެ.
އެ ސްކޫލަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން ޖެނުއަރީ 12 ވަނަ ދުވަހުގެ ކުރިން ފޯމް ފުރުމަށްފަހު ހުށައެޅުމަށް ސްކޫލުން ވަނީ އެދިފައެވެ. މި ފޯމް ލިބެން ހުންނާނީ އިނގުރައިދޫ ޕްރީ ސްކޫލުންނެވެ.
މި ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ރޭގަނޑު 8:00 އިން ފެށިގެން 9:00އާއި ހަމައަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް